މަސައްކަތް
ނަންބަރު: (IUL)101-AS/1/2022/71
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 21 އޭޕްރިލް 2022 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 12 އޭޕްރިލް 2022 12:11 ގައި ބާތިލް ކުރެވިފައެވެ.


 

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑްބޭންކް އާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމުގެ މަޤްސަދުގައި ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، އެކައުންޓިންގ، އިންފޯމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ)، އަދި ޑައިވިންގ މި 3 ދާއިރާއަށް ޚާއްސަކޮށް ހުޅުވާލެވޭ މި ތަމްރީނު ފްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ޝީޓަށް ރިއާޔަތްކޮށް އެ ކަރުދާހުގައި ހިމަނާފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.  

މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ ސުންގަޑިތަކުގެ ކުރިން މަތީގައި ދެންނެވުނު އެޕްލިކޭޝަން ފޯމާއެކީ މި މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

#

ދާއިރާ

ސުންގަޑި

1

އެކައުންޓިންގ ދާއިރާއާ ގުޅޭ ކޯސްތައް

16 އެޕްރީލް 2022

2

އައި.ސީ.ޓީ ދާއިރާއާ ގުޅޭ ކޯސްތައް

21 އެޕްރީލް 2022

3

ޑައިވިންގ ދާއިރާއާ ގުޅޭ ކޯސްތައް

21 އެޕްރީލް 2022

 

އެޕްލިކޭޝަން ފޯމް، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަދި އެހެނިހެން މަޢުލޫމާތު މި އިޢުލާނުގައިވާ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.

03 ރަމަޟާން 1443

04 އެޕްރީލް 2022

04 އޭޕްރިލް 2022