މަސައްކަތް
ނަންބަރު: (IUL)394/394/2022/18
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 14 އޭޕްރިލް 2022 10:30
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ތާނގީތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން

                             މިރަށު މިސްކިއްތަކުގައި ހުރި ވާރޭފެން ތާނގީތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)394/394/2022/12 އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.     

ކަމާއިގުޅޭ މަޢުލޫމާތު ސާފްކުރެއްވުމަށް މި އިދާރާގެ ނަންބަރ 6780039 އަށް ގުޅުއްވައި، ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.  މެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާން ނަމްބަރު ޖެއްސެވުންއެދެމެވެ.

                             ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަގު ބަޔާންކޮށް 14 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހު 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2022