މަސައްކަތް
ނަންބަރު: (IUL)251-CA/251/2022/38
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 14 އޭޕްރިލް 2022 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން މި ކައުންސިލްގެ ސިއްކަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންވާ ފަރާތްތަކުން 2022 އެޕްރީލް 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިއްކައިގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ  [email protected] މެއިލަށެވެ. އަދި ހުށަހަޅާ ސިއްކަތަކުގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅުއްވި ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 ސިއްކަ ފަރުމާ ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް

 

  1. ހުށަހަޅާ ސިއްކައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައިނުވާ ސިއްކައަކަށްވުމާއި، އޮފީހެއް، ވިޔަފާރިއެއް، ތަޢުލީމް ދޭތަނެއް ނުވަތަ އެނޫވެސް އެފަދަ އެހެން މުވައްސަސާއަކުން ބޭނުންކުރަމުންދާ ސިއްކައިގެ ކޮޕީއަކަށް ނުވުން.
  2. ހއ. ދިއްދޫއަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ ސިއްކައަކަށްވުމާއި އަދި މުޖްތަމަޢު ޤަބޫލު ކުރާ ފެންވަރުގެ ސިއްކައަކަށްވުން.
  3. އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން .
  4. ޓީލް ބުލޫ (code #367588) އަދި ހުދު، މި 2 ކުލަ ބޭނުންކޮށްގެން ސިއްކަ ފަރުމާކުރުމަށް އިސްކަން ދިނުން. އަދި މި ކުލައިގެ އިތުރުން "ޓީލް ބުލޫ" އާއި ގުޅޭ އެހެން ކުލައެއް، ޑިޒައިން އާއި ގުޅޭނަމަ ބޭނުން ކުރެވިދާނެއެވެ
  5. ސިއްކަ ފަރުމާކޮށްފައި ހުންނަންވާނީ، ލެޓަރހެޑް، ބިޒްނަސް ކާޑް، ޔުނީފޯމް، ޓީޝަރޓް، ވެބްސައިޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ފަދަގޮތަކަށެވެ.
  6. އެކިއެކި ބޭނުންތަކަށް ސިއްކައިގެ ސައިޒު ބަދަލުކުރުމުން ސިއްކައިގެ އަސްލު ނުގެއްލޭގޮތަށް ފަރުމާކުރުން.
  7. އެކި މައުދަންތަކުންނާއި ލަކުޑިފަދަ ތަކެތިން ފަސޭހައިން ތައްޔާރުކުރެވޭ ސިއްކައަކަށްވުން.
  8. ހުށަހަޅާ ސިއްކައިގެ ކުލަ އަދި ބްލެކް އެންޑް ވައިޓް ހާޑްކޮޕީއާއި ސޮފްޓްކޮޕީ ( ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ) ހުށަހަޅަންވާނެއެވެ.
  9. ސިއްކައިން ރަމްޒުކޮށްދެނީ ކޮން ކަންތައްތަކެއްކަން ލިޔުމުން ހުށަހެޅުން.
  10. ސިއްކައިގައި '' HA. Dhidhdhoo Council '' މިގޮތަށް އިނގިރޭސިބަހުން ލިޔެފައިވުން.
  11. ސިއްކަ ފަރުމާ ކުރާއިރު ބޭނުންކޮށްފައިވާ ފޮންޓް ތަފްޞީލްތައް ކައުންސިލާ ހިއްޞާކުރަންވާނެއެވެ. އަދި  ކަސްޓަމަރައިޒް ފޮންޓެއް ސިއްކައިގެ ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ސިއްކައިގެ ސޮފްޓް ކޮޕީތަކާއެކު ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

04 އޭޕްރިލް 2022