ދިވެހިރާއްޖެ
ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމަށް ހުޅުވާލި އިއުލާން ((IUL)420-AS/420/2022/22) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މި އިޢުލާން ބާތިލްކޮށް ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއެއްގެގޮތުގައި ކަނޑައަޅާ ލޯގޯއަކަށް އިނާމެއްގެ ގޮތުގައި 5000ރ (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުޤުއުވެރިވެލައްވާ ފަރާތްތަކުން 2022 އެޕްރީލް 12ވަނަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނަމަ މިކައުންސިލްގެ [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް.
- ފަރުމާކުރެވޭ ލޯގޯ އިން ރަތަފަންދޫގެ އާދަކާދައާއި ޡަގާފަތާއި ރަށުގެ ތާރީޚާއި ރަށަށް ޚާއްސަ ބައެއް ކަންކަން ރަމްޒުކޮށްދޭން ވާނެއެވެ.
- ލޯގޯ ފަރުމާކުރުމުގައި ބޭނުން ކުރަންވާނީ ރަށާއި ގުޅުންހުރި، ރަށް ނުވަތަ ރަށުގެ ޚާއްސަކަމެއް ރަމްޒުކޮށްދޭ ކުލަތަކެވެ. އަދި ލޯގޯގައި ބޭނުންކުރާ ހުރިހާ ކުލައެއްގެ ކުލަ ކޯޑުތައްވެސް ހުށަހަޅަންވާނެއެވެ.
- ފަރުމާކުރެވޭ ލޯގޯއަކީ އިތުރު އެހެން ފަރާތަކުން ބޭނުންކުރާ ލޯގޯއެއް ކަމުގައި ވެގެންނުވާނެއެވެ.
- ފަރުމާކުރާ ލޯގޯއަކީ ދިވެހި ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުން ޕާރޓީއެއް ރަމްޒުކޮށްދޭ ނުވަތަ ސިޔާސީ ވަކި ޙަރަކާތެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވެގެންނުވާނެއެވެ.
- ފަރުމާކުރާ ލޯގޯ ގެ ބައިތަކުން ރަމްޒުކޮށްދޭ ކަންކަން ވަކިން ބަޔާންކޮށް ކުރެހުމާއިއެކު ހުށަހަޅަންވާނެއެވެ.
- މިއިޢުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތު ޝީޓުގައި ވާގޮތަށް ލޯގޯ ފަރުމާކޮށް ޑިޒައިން ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ފޯންނަންބަރު 6840016 އަށް ނުވަތަ 7888505 /9984888 އަށް ގުޅުއްވުން އެދެމެވެ.
04 އެޕްރީލް 2022