ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)/376/376/2022/14
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 29 އޭޕްރިލް 2022 12:30
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ.

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް  މިއިދާރާއިން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 03 އޭޕްރީލް 2022 ފެށިގެން 29 އޭޕްރީލް 2022 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން  މެނދުރު 12:30 އަށެވެ.

            ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެއަދަދަށްވާ އަގެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އެއަހަރުތެރޭގައި ބަނޑުކެއުމުގެގޮތުން ޢާއްމުކޮށް ކައިއުޅުނު ބާވަތަކުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.  މިގޮތުން ޒަކާތް ދައްކަން ޖެހޭނީ:

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

77.00 ރުފިޔާ

3

ރަތް ހަނޑޫ

72.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

90.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

132.00 ރުފިޔާ

7

 އާދައިގެ ފުށް

12.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

 

            ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 އޭޕްރިލް 2022