ދިވެހިރާއްޖެ
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: ޖީ.އެސް.3 |
|
ޢަދަދު |
1 |
ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރް ސެކްޝަން (ރިސެޕްޝަން). |
|
މަސައްކަތްކުރަންޖެހޭ ތަން |
ޑްރަގް ކޯޓު |
||
އަސާސީ މުސާރަ |
-/4,465 ރުފިޔާ |
||
އެލަވަންސް |
- ސަރވިސް އެލަވަންސް -/1,500 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ، 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު GS-2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް |
މައިގަނޑު މަސައްކަތް: 1- ކޯޓަށް އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީ ވުމާއި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ކަމާބެހޭ ސެކްޝަނަކުން މަޢުލޫމާތު ހޯދާ މަޢުލޫމާތު ދިނުން. 2- އަންނަ ސިޓީއާއި ތަކެތި ބަލައިގަތުން. 3- ކޯޓުން ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން. 4- އެންޓްރީ ކުރުމާއި އެންޓްރީގެ ރެކޯޑްސް ބެލެހެއްޓުމާއި އެންޓްރީ ކުރާ ތަކެތި ސެކްޝަން ތަކަށް ޙަވާލުކޮށް އޭގެ ރެކޯޑްސްތައް ބެލެހެއްޓުން. 5- މުވައްޒަފުންނާ ވެރިންގެ ސަލާމް ނޯޓުކޮށް ދުވަހުން ދުވަހަށް ޙާޟިރީއަށް ނެގުން. 6- ކޯޓުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ދުވަހުން ދުވަހަށް ހޯދާ، ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. 7- އޮފީސް އެސިސްޓެންޓުންނާއި މަސައްކަތު މީހުން ނުރަސްމީ ގަޑި ލިޔެ ދިނުމާއި ހުއްދަ ނަގައިދިނުން. 8- ކޯޓުން ބާއްވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމު ހަމަޖެއްސުން. |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ވަޒީފާއަށް އެދޭ ފޯމް. 2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެސެސްމެންޓް ހަދާފައިވާ ލިޔުން. 5- ވަޒީފާއެއްގައި އަދާކުރައްވާ ނުވަތަ އަދާކުރައްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާގެ ރޭންކް އެނގޭނެ ފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކް އަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކް އެއްކަން މިލިޔުމުގައި އެނގެން އޮންނަންވާނެ) |
||
ސުންގަޑި |
15 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
||
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށައަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ. - އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު ނޯޓު: މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ. |