ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/450/2022/16
ޕަބްލިޝްކުރި ތާރީޚް: 04 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 14 އޭޕްރިލް 2022 12:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޓްރެއިނިންގ އޮފިސަރ

އިޢުލާނު

މަޤާމު:

ޓްރެއިނިންގ އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

މުސާރަ:

މަހަކު 6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު 3000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ.
  • ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ.
  • މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގައުމީ ސިޔާސަތުގެ ދަށުން، އޮތޯރިޓީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ފަރުމާކޮށް، ރާވައި ހިންގުން. އަދި، މިގޮތުން ހިންގާ ޕްރޮގްރާމްތައް އިވެލުއޭޓްކޮށް ރިވިއުކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއެކު ކޮށް ރިޕޯޓުތައް އެކުލަވާލުން.

2. ގެވެށި އަނިޔާގެ މައްސަލަތަކުގައި އިސްކޮށް މަސައްކަތް ކުރާ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކުން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދެނެގަނެ، އެފަދަ ޕްރޮގްރާމްތަކުގައި ގެވެށި އަނިޔާއާގުޅޭ ބައިތައް ހިމެނުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއެކު ކުރުން.

3. ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެހެން މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، ތަފާތު ގްރޫޕްތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާއާ ގުޅޭ މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ސުޕަވައިޒަރުގެ އިރުޝާދާއެކު ފަރުމާކޮށް،  ރާވައި ހިންގުން.

4. އޮތޯރިޓީން ބައިވެރިވާ އެކިއެކި މަސައްކަތު ބައްދަލުވުންތަކާއި، ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާއާ ގުޅޭ ސެޝަންތައް ނަގައިދިނުމާ އަދި އެހެން މުއައްސަސާތަކުން ކުރިއަށްގެންދާ އެފަދަ ތަމްރީން އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އޮތޯރިޓީ ތަމްސީލުކުރުން.

5. ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދޭން ޖެހޭ ހާލަތްތަކުގައި، އޮތޯރިޓީ ތަމްސީލް ކުރުން.

6. އޮތޯރިޓީން ތައްޔާރުކުރަންޖެހޭ ދިރާސާތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

7. އޮތޯރިޓީން ކުރިއަށް ގެންދާ އެޑްވޮކަސީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

8. އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ހިއްސާކޮށް، އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.

9. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

ތައުލީމީ ފެންވަރު:

  • ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއިން ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން. ނުވަތަ،
  • ސޯޝަލް ސައިންސްގެ ދާއިރާގެ ތެރެއިން ސައިކޮލޮޖީ، ސޯޝަލް ވަރކް، ސޯޝިއޮލޮޖީ، ޖެންޑަރ ސްޓަޑީސް، ހިއުމަން ރައިޓްސް، ސޯޝަލް ޑިވެލޮޕްމަންޓް، ޑިވެލޮޕްމަންޓް ސްޓަޑީސްގެ ދާއިރާއިން  ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ (ލެވެލް 5) ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާއި ގުޅޭ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަސައްކަތުގެ ތަޖުރިބާ:

  • ދާއިރާއާގުޅޭ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ފަރުމާކޮށް، ރާވައި ހިންގުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަގާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ހުނަރު އަދި ޤާބިލުކަން ހުރުން (ކުރިއަށް ތަމްރީނު ޕްރޮގްރާމްތަކާއި ޓްރެއިނިންގްތައް ތަފާތު ގްރޫޕްތަކަށް ބައްޓަންކޮށް ކޮންސެޕްޓް އެކުލަވާލުމާ އަދި އެފަދަ ޕްރޮގްރާމްތައް އިވެލުއޭޓް ކުރަން އެނގުމާއި ރިޕޯޓު ތައްޔާރުކުރުމާ އަދި ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތުކުރުމާއި ލިޔެކިޔުން އެކުލަވާލުން އަދި މަސައްކަތުގައި ދިމަވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރަން މަސަކަތްކުރުން).

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

  • އަމިއްލައަށް އިސްނެގުމާއި ކުރާ މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުން، ސިއްރު ހިފެހެއްޓުން، ގަޑިއަށް ފަރުވާތެރިވުން، ނަޒާހަތްތެރިވުން، އިޙްތިރާމާއެކު މުޢާމަލާތްކުރުން، ސާފުތާހިރުވުން، ގުޅިގެން މަސައްކަތް ކުރުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.)

http://www.fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 14 އޭޕްރިލް 2022 ގެ 12:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ލިބުނު ކަމަށް ރިޕްލައި އެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ. 
  • މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓްގެ ނަތީޖާއަށް ބަލައި، ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.
  • އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
  • މި އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 ން މެންދުރުފަހު 2 އަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
04 އޭޕްރިލް 2022