ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)179-3.2/1/2014/52
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 14 ސެޕްޓެންބަރު 2014 14:30
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރންޝިޕްގެ ފުރުސަތު

ކެޕިޓަލް މާރކެޓްގެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުޤުވެރިކަށް ހުންނަ ފަރާތްތަކަށް މި އޮތޯރިޓީގައި އިންޓަރންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމަވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަކީ ކެޕިޓަލް މާރކެޓް ކުރިއެރުވުމަށާއި، ކެޕިޓަލް މާރކެޓްގެ ޙަރަކާތްތައް ހިނގާ ނުހިނގާ ގޮތް ބެލެހެއްޓުމާއި އަދި ކެެޕިޓަލް މާރކެޓްގެ ޙަރަކާތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި ކެޕިޓަލް މާރކެޓާ ގުޅޭ އެހެނިހެން ހަރަކާތްތައް ތަރައްޤީކޮށް، ރެގިއުލޭޓް ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ މުއައްސަސާއެކެވެ. މީގެ އިތުރުން، ޕެންޝަން ފަންޑު ރެގިއުލޭޓް ކުރުމާއި ކުންފުނިތަކުގެ ބޯޑުގެ ޑައިރެކްޓަރުން ތަމްރީނު ކުރުމަކީ މި އޮތޯރިޓީގެ މެންޑޭޓްގައި ހިމެނޭ ކަންކަމެވެ.  

ބޭނުންވާ އަދަދު : 02 (ދޭއް)

ޝަރުޠު: ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ނުވަތަ އައި.ޖީ.ސީ.އެސް.އީ އެގްޒަމިނޭޝަނުން 5 މާއްދާއިން ފާސްވެފައިވުން

މުއްދަތު: 3 (ތިނެއް) މަސްދުވަސް

މަސައްކަތް ކުރަންޖެހޭ ތަން: ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ/މާލެ

މަސައްކަތް ކުރަންޖެހޭ ވަގުތު: އޮތޯރިޓީގެ ރަސްމީ ގަޑި

އެލަވަންސް : މަހަކު -/1500ރ

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު އިންޓަރންޝިޕް އެޕްލިކޭޝަން ފޯމު، 14 ސެޕްޓެންބަރު 2013 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. (އިންޓަރންޝިޕަށް އެދި ހުށަހަޅާ ފަރާތް، ސްކޫލް ނިންމުމަށްފަހު 3 މަސް ދުވަސް ވެފައިވާނަމަ ކުށުގެ ރިކޯޑު ފޯމު ފުރިހަމަ ކުރަންވާނެއެވެ.)

އިންޓަރންޝިޕް އެޕްލިކޭޝަން ފޯމު މި އޮތޯރިޓީންނާއި އަދި އޮތޯރިޓީގެ ވެބްސައިޓުން (www.cmda.gov.mv) ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ ނަންބަރު 3014105, 3014125 ފޯނާ ގުޅުއްވުން އެދެމެވެ. ފެކްސް އަދި އީ-މެއިލް ކުރައްވާނަމަ ތިރީގައިމިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ފެކްސް ނަންބަރ: 3336624 ، އީ-މެއިލް: [email protected]

މިއޮތޯރިޓީ ހިނގަމުން ދަނީ އެމް.ޓީ.ސީ.ސީ ޓަވަރުގެ ހަތަރުވަނަ ފަންގިފިލާގައެވެ.

02 ޛުލްޤަޢިދާ 1435

28 އޮގަސްޓް 2014