ޢާންމު މަޢުލޫމާތު
ނަންބަރު: GS-65-A/IUL/2022/7
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 05 އޭޕްރިލް 2022 12:30
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އިމްތިޙާނު ހޯލް ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުން ހޯދުމާއި ގުޅޭ

އިމްތިޙާނު ހޯލް ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުން ހޯދުމާއި ގުޅޭ

 2021-2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްބްރިޖް އޯލެވެލް އަދި އެޑެކްސެލް އޭލެވެލް އިމްތިޙާނު ކުރިއަށްދާ ހޯލްތަކުގައި

އިންވިޖިލޭޓަރ ކަން ކުރުމަށްޓަކައި ތިރީގައި ދެންނެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތްތައް ބޭނުންވެއްޖެއެވެ.  

ބޭނުންވާ ޢަދަދު: 04

ޝަރުތު:

  1. ދިވެހި ރައްޔިތަކަށްވުން.
  2. ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން.
  3. ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
  4. އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހަކު ކަމުގައިވުން. (އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެއްކަރުދާސް ކުރެވިފައި)
  5. އެމީހަކު އިންވިޖިލޭޓަރުކަންކުރާ އަހަރު، އިމްތިޙާނުގެ ކެނޑިޑޭޓެއް ކަމުގައި ނުވުން.
  6. އެމީހަކު އިންވިޖިލޭޓަރުކަންކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ، ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
  7. އެމީހެއްގެ އަމިއްލަ ބޭންކް އެކައުންޓެއް އޮންނަ މީހެއްކަމުގައިވުން
  8. އެމީހަކު އިންވިޖިލޭޓަރުކަންކުރާ އަހަރު، އިމްތިޙާނުގެ ކެނޑިޑޭޓަކަށް ތިރީގައި ބަޔާންކުރެވިފައިވާ މީހަކު ނުވުން.

މަންމަ

ބައްޕަ

އަނބިމީހާ

ފިރިމީހާ

އެއްބަނޑުއެއްބަފާ މީހެއް

އެއްބަނޑު ނުވަތަ އެއްބަފާ މީހެއް

ދަރިއެއް

ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް

ދެބޭންގެ ދެދަރި ކުއްޖެއް

އެއްބަނޑު / އެއްބަފާ / އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް

މާމަ / ކާފަ ދަރިއެއް

ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް

 9. ގުރޭޑް 10 ނިންމާފައިވުން. (ގުރޭޑް 10 ނިންމިކަނ ބަޔާންކުރާ ސްކޫލް ލީވިންގ ސެތްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވި

ތައުލީމް ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ.)

   ސުންގަޑި: އިންވިޖިލޭޓަރކަން ކުރުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޭޕްރީލް 5 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން، ތ.ވިލުފުށީ ސްކޫލު އޮފީހަށެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް  ( ލީވިންގ ސެޓްފިކެޓް ކޮޕީ ، އައިޑީކާޑް ގެ ކޮޕީ ) ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

03 އޭޕްރިލް 2022