ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 މޭ 2022 13:56 ގައި ބާތިލް ކުރެވިފައެވެ.
އއ. އުކުޅަހު ކައުންސިލް އިދާރާއަށް 3.0 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ހޯދުމާއި ގުޅޭ:
މިއިދާރާއަށް .03 (ތިނެއް) ޓަނޭޖް އުފުލޭވަރު ގެ ޕަވަރގޭޓް ޕިކަޕެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާމިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޭޕްރިލް 2022 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ބިޑް ހުށަހެޅުއްވުން އެދެމެވެ.
ބިޑްއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ. ބިޑްގައި ރަޖިސްޓްރީވުން 04 އޭޕްރިލް 2022 ވާ ހޯމަ ދުވަހުން ފެށިގެން 14 އޭޕްރިލް 2022 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ދުވާލު 10:00 އާއި 12:00 އާއި ދެމެދު މި އިދާރާގައި ކުރިއަށް ދާނެއެވެ. ބިޑްގައި ރަޖިސްޓްރީކުރެއްވުމަށް މިއިދާރާއަށް ވަޑައިނުގެންނެވޭ ފަރާތްތަކުން އިސްވެދެނެވުނު ގަޑީގައި މި އިދާރާގެ ރަސްމީ ނަންބަރަށް (6660536) ގުޅުއްވުމުން ނުވަތަ މިއިދާރާއަށް އީމެއިލް ([email protected]) ކުރެއްވެވުމުން ބިޑްގައި ރަޖިސްޓްރީކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.
ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތައްޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މި ޢިއުލާނާއި އެކު އާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ. މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
03 އޭޕްރިލް 2022