މަސައްކަތް
ނަންބަރު: (IUL)-BCC/PRC/2022/11
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 12 އޭޕްރިލް 2022 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީސީސީގެ ފަރާތުން ހުޅުވާ އެސް.އެމް.އީ ހަބްގެ ގްރައުންޑް ފްލޯގައި ކެފެޓީރިއާއެއް ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އެސްޓީއޯ އެލައިޑް ބިލްޑިންގގެ ގްރައުންޑް ފްލޯ ގައި ކެފެޓީރިއާއެއްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ކެފެޓީރިއާއަކީ ބީ.ސީ.ސީގެ ފަރާތުން އެލައިޑް ބިލްޑިންގގެ ފުރަތަމަ 3 ފަންގިފިލާގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގެ ތެރޭގައި ހިމެނޭ ކެފެޓީރިއާއެވެ. އެސް.އެމް.އީ ހަބަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމުގެ މަޤްސަދުގައި ބީ.ސީ.ސީގެ ފަރާތުން ހުޅުވާ ތަނެކެވެ. މި ތަނުގައި ކެފެޓީރިއާގެ އިތުރުން ފޮތް ފިހާރައަކާއި، ގަސް ވިއްކާ ކައުންޓަރެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނަކާއި ނެއިލް ސްޓޭޝަނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބްގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ބީ.ސީ.ސީގެ ފަރާތުން މި ހުޅުވާލެވެނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.   

އެގޮތުން މި ކެފެޓީރިއާގެ ޚިދުމަތް ދިނުމަށްޓަކައިވެސް ހުޅުވާލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. ޚާއްސަކޮށް އެފަދަ ވިޔަފާރިތަކުގެ ތެރެއިން މި ކެފެޓީރިއާއިއެކު ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިޔުމަށް މަސައްކަތްކުރާ ވިޔަފާރިތަކަށް އިސްކަން ދެވޭނެއެވެ. 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މައުލޫމާތު ސާފުކުރައްވާ، ޕްރޮޕޯސަލް ހުށަހެޅުމަށް ދެންނެވީމެވެ.   

 

މައުލޫމާތު ސާފުކުރުން

އެސްޓީއޯ އެލައިޑް ބިލްޑިންގ

ގްރައުންޑް ފްލޯރ، ޗާނދަނީމަގު  

ބުދަ

06 އެޕްރީލް 2022

14:00

 

އަންދާސީ ހިސާބު

ހުށަހެޅުން

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

އަންގާރަ

12 އެޕްރީލް 2022

14:00

 

މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށައެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ބީލަމާއެކު ބީލަން ހުށަހަޅާ ފަރާތުން ޙާޟިރުވާންވާނެއެވެ. އަދި ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. މިކަމާއި ބެހޭ އެންމެހާ މައުލޫމާތެއް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

 

ބީލަމުގައި ބައިވެރިވެވޭ ފަރާތްތައް: 

ހ. ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ. 

ށ. ބީލަން ހުށަހަޅާ ފަރާތަކީ ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. 

ށ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.

  

ބީލަންތައް އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެ ގޮތް 

މާކްސް ދެވޭ ދާއިރާތައް

މާކްސް ދެވޭ އުޞޫލު

%

ހުށަހަޅާ މަހު ކުލި

މި ބަޔަށް މާކްސް ދެވޭނީ އެންމެބޮޑު މަހު ކުލި ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭ އުޞޫލުންނެވެ.

60

ތަޖުރިބާ

ތަޖުރިބާއަށް މާކްސްދެވޭނީ، ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގައި 2 އަހަރުގެ ތަޖުރިބާ ބެންޗްމާކް ކުރެވޭގޮތަށެވެ. 2 އަހަރުގެ ތަޖުރިބާ ހަމަވާ ކޮންމެ ފަރާތަކަށްވެސް ޖުމްލަ 20 މާކްސް ލިބިގެންދާނެއެވެ.

20

ބިޒްނަސް ޕްލޭން

މި ބަޔަށް މާކްސް ދެވޭނީ މެނޭޖްމެންޓްމެންޓް އަދި އޮޕަރޭޝަނަލް ޓީމަށް 20 މާކްސް އެވެ.

20

 

*މާކްސް ދެވޭ އުޞޫލުގެ ތަފްޞީލު މަޢުލޫމާތު ކަރުދާހުގައި އެކުލެވިގެންވާނެ

 

ބީލަމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު: 

ބީލަން ހުށަހަޅުއްވަންވާނީ މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށް، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގެ ބޭރުގައި ބީލަން ހުށައަޅާފަރާތުގެ ފުރިހަމަ ނަމާއި، ބީލަމުގެ ނަން ޖަހާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ނުވަތަ ބީލަމުގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތްނުވާ ބީލަންތައް ބާތިލްކުރެވޭނެއެވެ. ހުށަހަޅުއްވާ ބީލަމާއެކު މަދުވެގެން ތިރީގައިވާ މަޢުލޫމާތު ހިމަނުއްވަން ވާނެއެވެ. އަދި މިލިޔުންތައް ހުށަނާޅާފަރާތްތަކުގެ ބީލަންތައް ބާތިލް ކުރެވޭނެއެވެ. 

ހ. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް 

ށ. ބީލަން ހުށަހަޅާ ފަރާތުގެ ބިޒްނަސް ޕްލޭން (މެނޭޖްމަންޓް ޓީމްގެ ސީވީތަކާއި އެކު) 

ނ. ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮޕޯސަލް {ވިއްކުމަށް ހުށަހަޅާ ތަކެތީގެ ލިސްޓު (މެނޫ) އަގުތަކާއެކު} 

ރ. ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީ 

ބ. އެސްއެމްއީ ރަޖިސްޓަރީގެ ކޮޕީ 

ޅ. ކާބޯތަކެތި ވިއްކުމުގެ ހުއްދައިގެ ކޮޕީ 

ކ. ލިބިފައިވާ ތަޖުރިބާ ސަޕޯޓިންގ ޑޮކިއުމަންޓާއެކު (ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ހިންގުމުގެ ހުއްދަ އާއި ތަޖުރިބާ އަދި ސޯޝަލް މީޑިއާ) 

އ. ޓެކްސް ކްލިއަރަންސް ރިޕޯޓް 

ވ. ކެފެޓީރިއާގެ ޚިދުމަތްދޭން ފެށޭނެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުން" (އެގްރިމަންޓް ކުރާދުވަހުން ފެށިގެން ކެފެޓީރިއާގެ ހިދުމަތްދޭން ފެށޭނެ މުއްދަތު). ގިނަވެގެން 30 ދުވަސް. 

މ. ކެފެޓީރިއާގެ ކުލި "މަހަކަށް" 

ފ. ފުރިހަމަ ކޮށްފައިވާ APPENDIX 1: Bid Submission Form ފޯމް 

ދ. ފުރިހަމަ ކޮށްފައިވާ APPENDIX 2: Declaration of Ethical Conduct ފޯމް

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން 

މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ 

ފޯނު: 3305555، 3010613 

އީމެއިލް:  [email protected]

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

03 އޭޕްރިލް 2022