ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ 1220 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން ކުރިން ކުރެވިފައިވާ އިޢުލާން ނަންބަރު: IUMH-AD/I/2022/26 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ކުރީގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ބޭނުންވަނީ ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމެކެވެ.
ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 06 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކޮށް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ މެއިލްގައި ސިޓީގެ އިތުރުން ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކްޓް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އެޓޭޗް ކުރަންވާނެއެވެ. ޝައުޤުވެރިކަން ފާޅުކޮށް ސިޓީ ނުފޮނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 14:00–09:00 ދެމެދު 3016522 ނަންބަރަށް ގުޅުއްވުން އެދެމެވެ.
03 އޭޕްރީލް 2022