ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2022/51
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 29 އޭޕްރިލް 2022 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާ ބެހޭ

އިޢުލާން

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

            1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ ގޮތަކީ އެބަޔަކު ނުވަތަ އެމީހަކު ކައިބޮއި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯގެ މިނަށްވާ ފައިސާ ތިރީގައި މިދަންނަވާ އަދަދުން މި ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްގެންނެވެ. އަދި ނަގުދު ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހަމަޖެހިފައިވަނީ 02 ރަމަޟާން 1443 ން ފެށިގެން 28 ރަމަޟާން 1443 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށެވެ. ނަގުދު ފައިސާ ދައްކަވަން ދުރުވާއިރު މީހުންގެ ޢަދަދަށް ހަމައަށް ފައިސާ ގެންނެވުމަށް ދަންނަވަމެވެ.

އާދައިގެ ހަނޑޫ

ތައިލެންޑް ހުދު ހަނޑޫ

ރަތް ހަނޑޫ

ބާސްމަތީ އާދައިގެ ހަނޑޫ

ބާސްމަތީ މޮޅު ހަނޑޫ

ބާސްމަތީ އެންމެ މޮޅުހަނޑޫ

އާދައިގެ ފުށް

އާޓާ ފުށް

-/12ރ

-/77ރ

-/72ރ

-/77ރ

-/90ރ

-/132ރ

-/12ރ

-/75ރ

          ފައިސާ ޓްރާންސްފަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޒަކާތް ދެއްކެވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ އެކައުންޓަށެވެ.

ހިންމަފުށި ކައުންސިލް : 7701701865001

             އަދި، ފައިސާ ޖަމާކުރުމަށް ފަހު ޒަކާތް ދެއްކި ބާވަތާއި، ދެއްކި މީހުންގެ އަދަދާއި، އަދި ގޭގެ ނަން އެނގޭނެ ގޮތަށް ޓްރާންސްފަރ ސްލިޕް މިކައުންސިލްގެ ވައިބަރ ނަންބަރ 7292024 އަށް ފޮނުވުން އެދެމެވެ. ޒަކާތް ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 28 ރަމަޟާން 1443 ވަނަ ދުވަހުގެ 13:00 ކަމުގައި ދެންނެވީމެވެ.

          މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޭޕްރިލް 2022