ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/39
ޕަބްލިޝްކުރި ތާރީޚް: 03 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި:
07 އޭޕްރިލް 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޯނޑެއްދޫ-މަޑަވެލި ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހާއިބެހޭ؛
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ގދ.ހޯނޑެއްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "ހޯނޑެއްދޫ-މަޑަވެލި ސެންޓްރަލް ޕަވަރ ސްޓޭޝަން" ބިމުގައި ހުރި މިއިދާރާއިން 1 އިން 41 އަށް ނަންބަރ (މެރޫން ކުލައިން) ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅުރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑު ރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަ ރުއް) ބަޔާންކޮށް 2022 އެޕްރީލް 07 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުގެ ޗާޓެއް މިއިޢުލާނާއިއެކު އާންމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 އޭޕްރިލް 2022