ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2014/60
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 15 ސެޕްޓެންބަރު 2014 14:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު

ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށް ބޭނުންވާ އެޕްލިކޭޝަންތައް ފަރުމާކުރުމާއި އެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން އިމްތިޙާނުތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މި ޑިޕާޓްމަންޓުން ހިންގައި ބަލަހައްޓާ އިމްތިޙާނުތަކުގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމާއި މި ޑިޕާޓްމަންޓުގެ މަޢުލޫމާތު ވިޔުގަ (އިންފޮމޭޝަން ނެޓްވަރކް) ފަރުމާކޮށް ބެލެހެއްޓުމާއި، މި ޑިޕާޓްމަންޓުގެ މަސައްކަތަށް ބޭނުންވާ ކޮމްޕިޔުޓަރ ސިސްޓަމްތައް ބެލެހެއްޓުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
 

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލުކަން ކަށަވަރު ކުރުން

- އިންޓަވިއު ކޮށްގެން

އިންޓަވިއު ކުރުން: މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރުމަށްފަހު)

ނ- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް

ބ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

      މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 15 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން

ނޯޓް: މި އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ކުރިމަތިލާ (ޝަރުޠު ހަމަވާ) މީހުންގެ ތެރެއިން މަޤާމަށް މީހުން ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ) މަޤާމަށް އެދޭ މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ 05 މީހުން ޝޯޓްލިސްޓު ކުރުން.

ށ) ޝޯޓްލިސްޓު ކުރާ މީހުންނާ އިންޓަވިއު ކުރުން.

         * މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިޑިޕާޓްމަންޓުގެ ނަންބަރު 3009339 ފޯނާއެވެ.

06 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014