ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-AHR/INDIV/2021/22
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2022
ޕަބްލިޝްކުރި ގަޑި: 17:49
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން 28 ވަނަ (2022 އޭޕްރީލް 03 ން 2022 އޭޕްރީލް 29) ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން މެންދުރު 12:45ށް މިއިދާރާއިން މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަންނަމުން ގެންދާނެއެވެ. މީހަކަށް ފިޠުރު ޒަކާތް ދައްކަންޖެހޭ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރ އިންނާއި، ނަޤުދު ފައިސާ އިން ކައުންސިލް އިދާރާއިންނެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރައްވާނީ މިއިދާރާގެ ނަންބަރ: 7724700290004 (1319 ޚަރަދު 2) އެކައުންޓަށެވެ. ފައިސާ ދެއްކުމަށްފަހު ސްލިޕްކޮޅު ވައިބަރ ކުރައްވާނީ ނަންބަރު: 9148444 ނުވަތަ 9536980 ފޯނަށެވެ. ފައިސާ ޓްރާންސްފަރ ކުރާއިރު ރިމާރކްސްގައި ލިޔުއްވާނީ ޒަކާތް ދައްކާ "ގޭގެ ނަން، މީހުންގެ ޢަދަދު، ހަނޑުލުގެ ބާވަތް އަދި ޓްރާންސްފަރ ކުރި ފަރާތުގެ އައިޑީކާޑް ނަންބަރ" މިހެންނެވެ.

1443 ވަނަ އަހަރު މިރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އަގުތަށް ތިރީގައި އެވަނީއެވެ.

 

އާދައިގެ ހަނޑުލުން

ތައިލެންޑް ހުދު ހަނޑޫ

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

ރަތް ހަނޑޫ

ފުށް

އާދައިގެ

އާޓާ

މީހަކަށް

12.00

77.00

77.00

90.00

132.00

72.00

12.00

75.00

މިހެންވެ މިކަން ޢަންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 H 1443

31 މާރިޗް 2022

01 އޭޕްރިލް 2022