ދިވެހިރާއްޖެ
އިޢުލާން
(IUL)405-A/2022/16
ރާ.މީމު އަދި ދަތްތުނޑި ރުއްތައް ކުޔަށް ދޫކުރުން
ލ.ކުނަހަންދޫގެ ރ.މ ރުއްތަކާއި ދަތްތުނޑީ ރުއްތަށް 03 (ތިނެއް) އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު
އިއުލާނާއިގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އަންދާސީ ހިސާބު ބާޠިލްކޮށް ،(IUL)405-A/2022/07
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި އަދި
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 2022 މާރޗް 31 ން، 2022 އޭޕްރީލް 11 ވަނަދުވަހުގެ 00:13 ގެ
ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ކައުންސިލަށް އީމެއިލް ކުރެއްވުމަށް ނުވަތަ ހުށަހެޅުމަށް ދަންނަވަމެވެ.
މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާ ފަރާތްތަކަށެވެ.
މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022އޭޕްރީލް 11 ވަނަ ދުވަހުގެ 13:00ގެ ކުރިން މިކައުންސިލަށް
ލިޔުމަކުން ހުށަހެޅުމަށް ދައްނަވަމެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022އޭޕްރީލް 12 ވަނަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް، ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް އަދި ބީލަން ހުށަހަޅާ ފޯމް މިއިޢުލާނާއިއެކު އާންމު
ކުރެވިފައިވާނެއެވެ.
28 ޝައުބާން 1443
31 މާރޗް 2022
އިބްރާހިމް ޝަކީބް
ކައުންސިލްގެ ރައީސް