ޢާންމު މަޢުލޫމާތު
ނަންބަރު: 480-IUL/2022/14
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 17:57
ސުންގަޑި: 15 އޭޕްރިލް 2022 23:59
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލުން

25 ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދުމުގެ ފުރުސަތު ހުޅުވާލަމެވެ.   

ބާ އިމްތިޙާނުގައި ރަޖިސްޓަރީވުން: 

ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ އަންނަނިވި ކަންކަން ފުރިހަމަވެ، ކެންޑިޑޭޓު ނަންބަރު އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުންނެވެ.  

ރަޖިސްޓަރީވުމަށްޓަކައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ. 

  1. ލިންކުމެދުވެރިކޮށް ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހެޅުން 

އިމްތިޙާނުގެ ރަޖިސްޓްރޭޝަނަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅާފައިވުން. އެގޮތުން، ލިންކު މެދުވެރިކޮށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ: 

) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް އެއްގަނޑަކަށް އަރާގޮތަށް ނަގާފައިވާ ސްކޭން ކޮޕީ 

(ށ) ޕާސްޕޯޓު ސައިޒުގެ ފޮޓޯ 

(ނ) ޤާނޫނީ ރޮނގުން ފުރިހަމަ ކޮށްފައިވާ ފުރަތަމަ ޑިގްރީގެ ސެޓްފިކެޓްގެ ކޮޕީ (އެކްރެޑިޓެޑް ސެޓްފިކެޓްގެ ކޮޕީ) ނުވަތަ ކޯސް ފުރިހަމަ ކޮށްފައިވާކަންއެނގޭގޮތަށް އެ ކޯހެއް ފުރިހަމަކުރި މަރުކަޒަކުން ދޫކޮށްފައިވާ ސްޓޭމްޕް ޖެހި ލިޔުން 

(ރ) ޑިގްރީ ކޯހުގެ ފުލް ޓްރާންސްކްރިޕްޓް (ޑައުންލޯޑް ކުރާ ޓްރާންސްކްރިޕްޓެއްނަމަ މަރުކަޒުގެ ސްޓޭމްޕް އޮންނަންވާނެ) 

  1. ބާ އިމްތިޙާނުގެފީ ދެއްކުން 

(ހ) ބާ އިމްތިޙާނުގެ ފީ ދައްކަންޖެހޭނީ އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރެޖިސްޓްރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަވީކަން ކެންޑިޑޭޓަށް ބާ ކައުންސިލުން އަންގައި، ފީ ދައްކަންވީ ގޮތުގެ އިރުޝާދުތައް ލިބުމުންނެވެ.   

ރެޖިސްޓްރޭޝަން ލިންކް:https://forms.gle/Q1mnAVr33VyPGFsa9  

ރެޖިސްޓްރޭޝަން ޑެޑްލައިން:  15 އޭޕްރީލް 2022 ގެ ދަންވަރު 12:00 އަށް 

އިމްތިޙާނާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް[email protected]އަށް އީ-މެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

31 މާރިޗު 2022