ދެންނެވުން
ނަންބަރު: (IUL)395-02/395/2022/37
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 13 އޭޕްރިލް 2022 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ

ދިލްބަހާރުމަގާއި އާފަންނުމަގާއި ދެމެދު އަލިރަސްގެފާނުމަގުން ހުޅަނގަށް އޮތް ބިމުގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް ރުއްގަހުގެ ވެރިން ހޯދުމަށްޓަކައި، އެ ބިމުގައިހުރި ރުއް، ގަސްތަކުގައި މިހާރުވާނީ ކަޅުކުލައިގެ ދަވާދުން ނަމްބަރު ޖަހާފައެވެ.

          ވީމާ، ރުއް، ގަހުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓުކުރުމަށްފަހު،  13 އޭޕްރީލް 2022 ވާ ބުދަ ދުވަހު 13:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެސަރަޙައްދުގައިވާ ރުއް، ގަހުގެ ތެރެއިން، ނަގައިގެން ގެންދެވޭނެފަދަ ތަކެތި މިމުއްދަތުގެ ތެރޭގައި ނެންގެވުން އެދެމެވެ. މަތީގައި ދަންނަވާފައިވާ ތާރީޚްގެ ފަހުން މިކައުންސިލަށް ހުށަހަޅާ ސިޓީތަކާއި، އެސަރަޙައްދުގައި ބަހައްޓާފައި ހުންނަ ތަކެއްޗަށް ބަދަލުދެވެން ނޯންނާނެވާހަކަ، އެތަކެތީގެ ވެރިފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                 

      

 

                                                            

                                                

                                           

31 މާރިޗު 2022