ދިވެހިރާއްޖެ
އިޢުލާން
1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ
މި އަހަރު ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން އިން 27 ރަމަޟާންގެ ނިޔަލަށް މިކައުންސިލްއިދާރާގައި ކުރިއަށް ދާނެއެވެ. ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1443 އިން 27 ރަމަޟާން 1443 ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚް އަކީ 27 ރަމަޟާން 1443 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯ ގްރާމުގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގްރާމް ގޮވާމުގެ އަގައްވާ ނަޤުދު ފައިސާއިން އެކަންޏެވެ. މިރަށުގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އަންނަނިވި އަގުތަކުންނެވެ.
# |
ބާވަތް |
ފައިސާގެ ޢަދަދު |
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
77 ރުފިޔާ |
3 |
ރަތް ހަނޑޫ |
72 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ ( އާދައިގެ ) |
77 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ ( މޮޅު ) |
90 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު ) |
132 ރުފިޔާ |
7 |
އާދައިގެ ފުއް |
12 ރުފިޔާ |
8 |
އާޓާ ފުއް |
75 ރުފިޔާ |
ވީމާ، މި ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.