ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TSS/1/2022/1
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:19
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވާރުކާޑަށް އެދި ހުށަހެޅުމާއި ވާރުކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުން

ވާރުކާޑަށް އެދި ހުށަހެޅުމާއި ވާރުކާޑު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުން

މީރާއަށް ފައިސާ ދެއްކުމުގެ ބޭނުމަށް ބޭންކް އޮފް މޯލްޑިވްސްއާއި މީރާ ގުޅިގެން ތަޢާރަފްކޮށްފައިވާ ވާރުކާޑު ދޫކުރުމުގައި ޢަމަލުކުރަމުންދާ އުސޫލަށް 1 އެޕްރީލް 2022 އިން ފެށިގެން އަންނަނިވި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

ވާރުކާޑަށް އެދި ހުށަހެޅުމާއި ވާރުކާޑު ދޫކުރުން

  • 1 އެޕްރީލް 2022 އިން ފެށިގެން ވާރުކާޑަށް އެދޭ ފޯމު ހުށަހަޅަންޖެހޭނީ ބީ.އެމް.އެލް ބިޒްނަސް ސެންޓަރަށެވެ.
  • 1 އެޕްރީލް 2022 އިން ފެށިގެން ވާރުކާޑު ދޫކުރާނީ ބީ.އެމް.އެލް ކަސްޓަމަރ ސަރވިސް ސެންޓަރުންނެވެ.

 

މާލެ ފިޔަވައި އެހެން ރަށް ރަށުގައި ވާރުކާޑަށް އެދި ހުށަހެޅުމާއި ވާރުކާޑު ދޫކުރުން

  • 1  އެޕްރީލް 2022 އިން ފެށިގެން މާލެ ފިޔަވައި އެހެން ރަށް ރަށުން ވާރުކާޑަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމާއި ވާރުކާޑު ދޫކުރަން ހަމަޖެހިފައިވަނީ އެ ރަށެއް ނިސްބަތްވާ އަތޮޅެއްގެ ބޭންކް އޮފް މޯލްޑިވްސްގެ ބްރާޗުންނެވެ.

 

ވީމާ، ވާރުކާޑަށް އެދޭ  ފޯމު 1 އެޕްރީލް 2022 އިން ފެށިގެން މީރާއިން ބަލައިގަތުން ހުއްޓާލައިފައިވާ ކަމުގައި ދެންނެވީމެވެ. އަދި 31 މާރިޗު 2022 ގެ ނިޔަލަށް ވެރިފަރާތުން ހަވާލުވެފައި ނުވާ ވާރުކާޑުތައް ލިބިވަޑައިގަންނަވާނީ  ބީ.އެމް.އެލް ކަސްޓަމަރ ސާރވިސް ސެންޓަރުން ކަމުގައި ދެންނެވީމެވެ.

 

 

 

30 މާރިޗު 2022