ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2022/22
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 29 އޭޕްރިލް 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމާގުޅޭ

މިއަހަރުގެ (1443 ވަނަ އަހަރުގެ) ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ރަމަޟާން 1443 (03 އެޕްރީލް 2022) އިން 28 ރަމަޟާން 1442 (29 އޭޕްރީލް 2022) ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކަށް ބަލައިގެންނެވެ. މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ މިންވަރަށްވާ ފައިސާއިންނެވެ.

   ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު އެބޭފުޅަކު ދައްކަވަންޖެހޭ އަދަދަށް ހަމައަށް ފައިސާ ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ. ޒަކާތް ދެއްކުމުގައި ވަރަށް ގިނަފަހަރު އޮޅިގެން އެއް ގެއަކަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް މެދުވެރިވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެގެއަކުން ޒަކާތް ދައްކާފައި ނުވާކަން ޔާގީންކުރައްވައި ޒަކާތް ދެއްކުމަށް ވަޑައިގަތުން އެދެމެވެ.    

މިއަހަރު (1443ވަނަ އަހަރު) މިރަށުގައި ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި އެވަނީއެވެ.

ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް(މީހަކަށް) 

 

މީހަކަށް

އާދައިގެ ހަނޑޫ

ތައިލެނޑް ހުދު ހަނޑޫ

ރަތްހަނޑޫ

ބާސްމަތީ އާދައިގެ ހަނޑޫ

ބާސްމަތީ މޮޅު ހަނޑޫ

ބާސްމަތީ އެންމެ މޮޅު ހަނޑޫ

އާދައިގެ ފުށް

އާޓާފުށް

2.4ކިލޯ

-/12 ރުފިޔާ

-/77 ރުފިޔާ

-/72 ރުފިޔާ

-/77 ރުފިޔާ

/-90 ރުފިޔާ

-/132 ރުފިޔާ

12/- ރުފިޔާ

75/- ރުފިޔާ

 

ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ

  • ·        ހެނދުނު 9:30 އިން 12:00 އަށް.

                   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

31 މާރިޗު 2022