ދިވެހިރާއްޖެ
މި އިދާރާގެ ވަށާފާރު މަރާމާތުކޮށް ގޭޓް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް 2 މާރިޗް 2022 ގައި ކުރެވުނު ނަންބަރު (IUL) 293/293/2022/5 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅަފައި ނުވާތީ އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ބައިރިވުމަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވައި 31 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 06 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ވެސް ލިބިވަޑައިގަންނަވާނެ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތެއް ބޭނުންފުޅުވާ ނަމަ 06 އެޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލްކުރެއްވުމުން އެ މައުލޫމާތެއް ސާފުކޮށްދެވޭނެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގައި، ބިޑު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.