މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޓްރެއިނިންގ އެންޑް ޑިވޮލޮޕްމަންޓް ޔުނިޓް
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151.26ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
ޢިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން އަދި އޮޕަރޭޝަނަލް ޕްލޭނަްގައި ކަންޑައެޅޭ ލަނޑުދަނޑިތައް ހާޞިލް ކުރުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވުން.
- ޔުނިވަރސިޓީގެ މުވައްޒަފުންނަށް ބޭނުންވާ ކުރު މުއްދަތުގެ ޕްރޮފެޝަނަލް ޑެވެލޮޕްމަންޓް ފުރުޞަތުތައް އަދި އެހެނިހެން ތަމްރީނު ފުރުޞަތުތައް ދެނެގަތުމުގައި ސެކްޝަންގެ ވެރިޔާއަންގަވާ ގޮތެއްގެ މަތިން ކުރަންޖެހޭ ކަންކަން ކުރުމާއި އެހީތެރިވުން.
- މުވައްޒަފުންގެ ވަޒީފާއާއި ގުޅޭގޮތުން ތަނުން ދޭންޖެހޭ ތަމްރީންތައް ރޭވުމުގަޔާއި ހިންގުމުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ކޯހުގައި ކިޔަވައިދޭ ފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން. އަދި މިފަދަ ތަމްރީނުތަކުގެ ފީޑްބެކް ނެގުމާއި، އިމްޕެކްޓް ދެނެގަތުމުގައި ކުރަންޖެހޭ ކަންކަމުގައި އެހީތެރިވެދިނުން.
- ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ކޯހުގެ ކަންކަން ބަލާ، ބަލަހައްޓަންޖެހޭ ރެކޯރޑްތައް ބެލެހެއްޓުމާއި، ހޯދަންޖެހޭ މަޢުލޫމާތު ހޯދުމުގައި ހަރަކާތްތެރިވުން. އަދި އެފަރާތްތަކުން ފޮނުވާ ކަންކަން ހުށަހަލަންޖެހޭ ފަރާތްތަކަށް ހުށަހަޅާ މުވާމަލާތުކުރުން.
- ޔުނިވަރސިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ސްޓައިޕެންޑް އަދި ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކުގެ ހިސާބުތަކާއި އޭގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ، ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
- ޔުނިވަރސިޓީގެ ސްޓާފް ޑެވެލޮޕްމަންޓް ސިޔާސަތުގެ ދަށުން ފައިސާގެ އެހީއަށް އެދިފައިވާ މުވައްޒަފުންގެ ކޯސްފީއަށް ޤަވާޢިދުން ދައްކަންޖެހޭ / ޖަމާކުރެވޭ ޢަދަދުތަކާއި އޭގެ ހިސާބުތަކުގެ ތަފްޞީލު ބަލަހައްޓައި، ފައިސާ ޖަމާކުރުމަށް ފައިނޭންސް ސެކްޝަނަށް ފޮނުވާ ރިކުއެސްޓްތަކާއި ލިޔުންތައް ފައިނޭންސް ސެކްޝަނަށް ފޮނުވާ ފައިސާ ޖަމާކުރިތޯ ބަލައި ކަށަވަރުކުރުން.
- ސެމިނަރ ކޮންފަރެންސް ވާރކްޝޮޕް އަދި ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބޭނުންވާ ޓިކެޓް/ވިސާ އަދި އެހެނިހެން ކަންތައްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ޤަވާއިދުން ކުރުން.
- ސެކްޝަންގެ ލިޔެކިޔުންތައް ރަގަޅު ގޮތުގައި ބެލެހެއްޓުމާއި، އެކިބާވަތުގެ ރެކޯރޑްތައް ބަލަހައްޓާ ހަމަޖެހިފައިވާ ނިޒާމްގެތެރެއިން އެކިފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ދިނުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމް ބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- މުވައްޒަފުންގެ ތަމްރީނުތަކާއި ގުޅިގެން ހަދާޤަވާއިދުތަކާއި އަދި އުސޫލުތައް ލިޔުމާއި، މުރާޖާކޮށް އަދާހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ހިއުމަން ރިސޯސް މެނެޖްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެކޮމިޓީއަށް ހުށަހަޅައި، ކޮމެޓީގެ ނިންމުން އަންގަން ޖެހޭ ފަރާތްތަކަށް އަންގާ ވިލަރެސްކުރުން.
- އެހެން ޑިޕާޓްމަންޓްތަކުން އަދި އޮފީސްތަކުން އެދިލައްވާ ސްޓެޓިސްޓިކްސް އަދި މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށް ފޮނުވުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2022 އެޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2022-121
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://bit.do/JobApplicationForm-for-Locals-English
http://bit.do/JobApplicationForm-for-Locals-Dhivehi
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަންބަރު ފޯނަށެވެ.
|