ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމަޟާންމަހުގައާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މިއިދާރާއިން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކުގެ ގަޑިތަކަށް ތިރީގައިވާ ގޮތުގެ މަތީން ބަދަލުގެނެވިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
# |
ތަފްސީލް |
ގަޑި |
1 |
ޕާސްޕޯޓް ފޯމް އަދި ފައިސާ ބަލައިގަތުން |
9:15 އިން 12:00 އަށް |
2 |
އައިޑީ.ކާޑު ފޯމް ބަލައިގަތުން |
9:15 އިން 12:30 އަށް |
3 |
އެއްގަމާއި ކަނޑުގެ ލައިސަންސް ފޯމް އަދި ފައިސާ ބަލައިގަތުން |
9:15 އިން 11:30 އަށް |
4 |
އެއްގަމާއި ކަނޑުގެ ރަޖިސްޓްރީ ފޯމް އަދި ފައިސާ ބަލައިގަތުން |
9:15 އިން 12:00 އަށް |
5 |
އެއްގަމު އުޅަނދުގެ ރޯޑް ވަރދިނަސް ފޯމް ބަލައިގަތުން |
9:15 އިން 12:00 އަށް |
6 |
އޮޑީ ނަންބަރު ފޯމް ފައިސާ ބަލައިގަތުން |
9:15 އިން 12:00 އަށް |
7 |
ލައިސަންސް، ރަޖިސްޓްރީ، އޮޑީ ނަމްބަރު އަދި ރޯޑް ވަރދިނަސް ދޫކުރުން |
9:15 އިން 12:30 އަށް |
8 |
އެއްގަމު އަދި ކަނޑު ލައިސަންސް އަމަލީ އިމްތިހާން ކުރުން |
10:30 އިން 12:00 އަށް |
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން އޮންނާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. އާދީއްތަ އަދި ބުރާސްފަތި ދުވަހު އޮންނާނީ 02 ފުރޮޅުލީ އުޅަނދުފަހަރު ދުއްވުމުގެ އިމްތިހާނެވެ. އަންގާރަ ދުވަހު އޮންނާނީ 03 އަދި 04 ފުރޮޅުލީ އުޅަނދުފަހަރު ދުއްވުމުގެ އިމްތިހާނެވެ. ކަނޑު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން އޮންނާނީ ހޯމަ އަދި ބުދަ ދުވަހުއެވެ. އަމަލީ އިމްތިހާން ކުރިއަށްގެންދާ ކޮންމެ ދުވަހެއްގައިވެސް ގިނަވެގެން ދުއްވޭނީ 05 ފަރާތްކަމުގައިވެސް މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.