ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
އެމް.އެން.ޑީ.އެފް. އަށް A3 ލޭޒަރޖެޓް ކުލަ ޕްރިންޓަރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައިކޮށްދޭން އެދޭ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2014/105) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިމިނިސްޓްރީގެ ފޯން ނަންބަރު 3313124 އާ ގުޅުން އެދެމެވެ.
06 ޛުލްޤަޢިދާ 1435