ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2022/53
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 06 އެޕްރީލް 2022 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑްރައިވަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްޕޯރޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނަންސް ޑިޕާރޓްމަންޓް

ބޭނުންވާ ޢަދަދު:

03

މުސާރަ:  

-/8,000ރ އާއި -/12,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

ޑްރައިވިންގ ލައިސަންސް C2, C1, B2 ,B1, A1, A0 ކެޓަގަރީތަކުގެ ލައިސަންސް އޮތުމާއިއެކު މަސައްކަތު ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބި އަދި މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރޭވޭ ފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޑިޕާރޓްމަންޓްތަކަށް ބޭނުންވާ އެއްގަމު ދަތުރުކުރުން
  • ޑިޕާރޓްމަންޓްގެ ޙަވާލުގައި ހުންނަ އެއްގަމުގައި ދުއްވާ ވެހިކަލްތައް ފޮޅާ ސާފުކުރުމާއި، އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
  • ވެހިކަލްތަކަށް ބޭނުންވާ ފެނާއި، ތެޔޮ ބަލާ ދުވަހުން ދުވަހަށް ޗެކުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

06 އެޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 06 އެޕްރީލް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފޯކްލިފްޓް ދުއްވުމުގެ ލައިސަންސްއާއި ތަޖުބިރާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

27 ޝަޢުބާން 1443 

30 މާރިޗު   2022

30 މާރިޗު 2022