ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިންޖީނުގެއަށް ބޭނުންވާ އޮޓޯ ސިންކްރަނައިޒްޑް ކޮންޓްރޯލް ޕެނަލް، މިހޮސްޕިޓަލުން ހުށަހަޅާ ލޭއައުޓާއި ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސަޕްލައިކޮށްދިނުމާއެކު އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/14ފ(05 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަލުން ބިޑުޑޮކިއުމެންޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީސް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ 07 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ސެޕްޓެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީސް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ 07 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
09 ޛުލްޤަޢިދާ 1435