މަސައްކަތް
ނަންބަރު: (IUL)30-PMU1/30/2022/122
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 07 އޭޕްރިލް 2022 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

މި އިއުލާނާއިއެކު ހިމެނިފައިވާ ރިކުއެސްޓް ފޯ ކޯޓޭޝަންގައިވާ ގޮތަށް ކ.މަނިޔަފުށްޓަށް ޕެނަލް ބޯޑް ގަނެ ޑެލިވަރީ ކުރުމާއި، ޕެނަލް ބޯޑް ބެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 އެޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ކޯޓޭޝަން ހިއްޕަވައިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓުޓުގެ އިމާރާތުގައި ހުންނަ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލަޕްމަންޓް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް، ވަޑައިގެންދެއްވުން އެދެމެވެ.

މި ކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322328 ނަންބަރު ފޯނަށެވެ، އީމެއިލް އިން ނަމަ [email protected] އަށެވެ.

30 މާރިޗު 2022