ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ދިވެހި ސަރުކާރުން އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީއާއެކު ތަންފީޒުކުރަމުންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓުގެ ވެބްސައިޓް ހަދައިދޭން ޝައުގުވެރިވެލައްވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން ދާއިރާއާއި ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި އަދި އެހެނިހެން މުހިންމު މައުލޫމާތުތައް މި ދަޢުވަތާއި އެކީގައިވާ "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް"ގެ ނަމޫނާ ފުރިހަމަކުރުމަށްފަހު މިމިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މި މސައްކަތަށް ޝޯޓުލިސްޓް ކުރާނެގޮތް މި ދަޢުވަތާއި އެކީގައިވާ "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ގެ އެނެކްސް 2 ގައި ވާނެއެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަންވާނީ 14 އެޕްރީލް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން މ.ހަޒާރުމާގެ، ފަރީދީމަގު، 5 ވަނަ ފަންގިފިލާއަށެވެ. "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅަންވާނީ މިކަމަށް ހާއްސަކުރެވިފައިވާ ފޯމްތައް ބޭނުންކޮށްގެންނެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރެއްވުމަށް 06 އެޕްރީލް 2022 ވަނަދުވަހުގެ 10:00ގެ ކުރިން [email protected] އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނުންނަމަ ގުޅުއްވާނީ 3033410 ނަންބަރު ފޯނަށެވެ.
27 ޝަޢުބާން 1443