ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-HR/141/2022/151
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 06 އޭޕްރިލް 2022 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ިއިންޓަރން (ޕްލޭނިންގ، ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ސެކްޝަން)

                                  އިޢުލާން 

މަޤާމް:

އިންޓަރން

ބޭނުންވާ އަދަދު:

01 (އެކެއް)                             

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޑިޕާޓްމަންޓް / ސެކްޝަން:

ޕްލޭނިންގ، ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް މޮނިޓަރިންގ ސެކްޝަން.

މަސައްކަތު ގަޑި:

ހެނދުނު 08:00 ން މެންދުރުފަހު 14:00 އަށް

ޕޮކެޓްމަނީ:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ހުރިހާ ދާއިރާތަކާއި ގުޅުންހުރި އެންމެހާ މަޢުލޫމާތުތައް ހޯދައި އެ މަޢުލޫމާތުތައް ބެލެހެއްޓޭނޭ ނިޒާމެއް ޤާއިމްކޮށް އެ މަޢުލޫމާތުތައް އެކުލަވާލުން.
  2. މިނިސްޓްރީގެ ހުރިހާ ދާއިރާތަކާއި ބެހޭ އެންމެހާ ތަފާސްހިސާބު މަޢުލޫމާތުތައް ހޯދާ ފަސޭހައިން މަޢުލޫމާތުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް އެމަޢުލޫމާތުތައް އެކުލަވާލާ އާއްމުކުރުމަށްޓަކައި ވެބްސައިޓަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުން.
  3. މިނިސްޓްރީގެ ހުރިހާ ދާއިރާތަކުގެ ސްޓްރެޓެޖިކް ޕްލޭން އާއި އެކްޝަން ޕްލޭންއިން ހާޞިލްކުރެވިފައިވާ މިންވަރު އަޕްޑޭޓް ކުރުން.
  4. މިނިސްޓްރީގެ ހުރިހާ ދާއިރާތަކުގެ ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭންގެ ތެރެއިން ކޮންމެ މަހަކު ހާޞިލްވާ މިންވަރު އަންގައިދޭ، މަސްދުވަހުގެ ރިޕޯޓް އެކުލަވާލުމާއި އަހަރު ނިމުމުން ޙާޞިލްކުރެވުނު މިންވަރު އެކުލަވާލުމުގެ މަސައްކަތް ކުރުން.
  5. ޑިޕާޓްމަންޓަށް އަންނަ ސިޓީ، މެމޯ، ނޯޓް ފަދަތަކެތި ބަލައިގަތުމާއި އެންޓްރީކުރުމާއި ސްކޭން ކުރުމަށްފަހު ސްޕަވައިޒަރ/ ވެރިޔާގެ އަރިހަށް ގެންދިއުމާއި އަދި ވެރިން ދެއްވަވާ ޖަވާބުތައް ލިޔެ ފުރިހަމަކުރުމަށްފަހު އެޖަވާބުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ޖެމްސް، އީމެއލް ގެ ޒަރީއްޔާއިން ފޮނުވުމަށް ފަހު އެފަދަ ލިޔުން ފައިލް ކުރުން.
  6. ޑިޕާޓްމަންޓްގެ އިދާރީ ހުރިހާ ކަމެއް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބަލަހައްޓާ އަދި ދުވަހުން ދުވަހަށް ޔައުމިއްޔާ  ލިޔެ ތައްޔާރުކުރުން.
  7. އެކި ޑިޕާޓްމަންޓްތަކުން ބާއްވާ އިވެންޓްތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  8. ޑެއިލީ ލޮގް ކޮންމެ ދުވަހަކު ފުރިހަމަކޮށް ސޭވްކުރަންޖެހޭ ފޯލްޑަރ ގައި ސޭވްކުރުމާއި ވީކްލީ ލޮގު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

  މަސައްކަތުގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ (www.youth.gov.mv) ވެބްސައިޓުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/download/2486

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) / ސްކޫލް ލީވިންގ ސެޓްފިކެޓް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ  (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ  (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސެޓްފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން.
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން. (އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ވަކިވަކިން ބަޔާންކޮށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު
  • ދިވެހި އަދި އިނގިރޭސި ބަހުން މުޢާމަލާތްކުރުމުގެ ހުނަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އެޕްރީލް 2022 ވާ ބުދަ ދުވަހު 13:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިއުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން

ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347474 ނުވަތަ 3347465 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއ ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެންހުންނާނެއެވެ.

30 މާރިޗު 2022