ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-B/266/2022/44
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:05
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރަމަޟާން މަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް އެޕޮއިންޓްމަންޓް ހެދުމާއި ކާޑު ދޫކުރުން އަދި ފައިސާ ބަލައިގަތުމުގެ ގަޑިތަކަށް ބަދަލު ގެނައުމާއި ގުޅޭ

1443 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް އެޕޮއިންޓްމަންޓް ހެދުމާއި ކާޑު ދޫކުރުން އަދި ފައިސާ ބަލައިގަތުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.

އެޕޮއިންޓްމަންޓް ހެއްދުން

09:15 ން 09:45 އަށް

އައި.ޑީ ކާޑު ދޫކުރުން

11:00 ން 12:00 އަށް

ފައިސާ ބަލައިގަތުން

09:30 ން 12:00 އަށް

އެޕޮއިންޓްމަންޓް ހެއްދުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ 6527148 އަށެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ދުރުވާނީ ފޯމް ފުރިހަމަކޮށް، އެޕޮއެންޓްމަންޓް ހަމަޖެހޭ ގަޑިއަށެވެ. އަދި ފައިސާ ދެއްކެވުމަށް ދުރުވާއިރު، ހަމައަށް ފައިސާ ގެންނެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

30 މާރިޗު 2022