ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2014/22
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:46
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ. ވިލިނގިލީގައި ބާއްވާ ފޮތް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު
މި އެކެޑަމީން އިންތިޒާމުކޮށްގެން 2014 ސެޕްޓެންބަރު 18 ން 20 އަށް ގއ. ވިލިނގިލީގައި ބާއްވާ ފޮތް މައުރަޒުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުޞަތު މި އެކެޑަމީން ހުޅުވައިލަމެވެ.
މި މައުރަޒުގައި އަމިއްލަ ޚަރަދުގައި އަމިއްލަގޮތުން ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ސެޕްޓެންބަރު މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރީން މި އެކެޑަމީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
6 ޛުލްޤަޢިދާ 1435
01 ސެޕްޓެންބަރު 2014