ނީލަން
ނަންބަރު: (IUL)1-CSO(FM)/1/2022/27
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 06 އޭޕްރިލް 2022 10:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

އިޢުލާނު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2022/25 އިޢުލާނުގައިވާ ގޮތުގެމަތިން، މިއަދު (2022 މާރިޗު 29 ވަނަ ދުވަހު) ކިޔާފައިވާ ނީލަމުގައި ނުވިކި ހުރި ތަކެތި އަލުން ނީލަން ކިޔުން 2022 އެޕްރީލް 6 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އަމީނީ މަގުގައި ހުންނަ މި އޮފީހުގެ ރިހިޖެހިކޮށީގެ ގޯތިތެރޭގައި އޮންނާނެއެވެ. މިދުވަހުގެ ނީލަމުގައި ނުވިކޭ ތަކެތީގެ އަގު ދަށްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިޔަށް ގެންދެވޭނެއެވެ.  

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2022 އެޕްރީލް 5 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022 އެޕްރީލް 6 ވާ ބުދަ ދުވަހުގެ ހެނދުނު 10:00  އަށް ރިހިޖެހިކޮށްޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. 

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޝަޢުބާން 1443

 

29 މާރިޗު 2022