ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 137-IU/PR/2022/15
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 05 އޭޕްރިލް 2022 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭނުންކުރާ Sophos Firewall ރިނިއު ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ:   137-IU/PR/2022/15

ޕްރޮޖެކްޓް ނަމްބަރ:   137-PR/2022/G-09

 ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް ހޮސްޕިޓަލުގައި ބޭނުންކުރާ Sophos Firewall  ރިނިއު ކޮށްދޭނެ ފަރާތެއް ހޯދުން

 

މި ހޮސްޕިޓަލުގައި ބޭނުންކުރަމުން އަންނަ Sophos Firewall License  ރިނިއު ކުރަން ބޭނުންވެއެވެ. ވީމާ މި  މަސައްކަތައް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި “Doc 01”ގައި ބަޔާންކޮށްފައިވާނެއެވެ. އަދި މިޑޮކިއުމަންޓްސް 30 މާރިޗު 2022 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 30 މާރިޗު 2022 ގެ 14:00 ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 03 އޭޕްރިލް 2022 ވާ އާދީއްތަ ދުވަހުގެ 0:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 05 އޭޕްރީލް 2022 ވާ އަންގާރަ ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]   ކޮޕީ: [email protected]

 

 

                              26  ޝައުބާން 1443

                              29  މާރިޗު 2022 

29 މާރިޗު 2022