މަސައްކަތް
ނަންބަރު: (IUL)202-A/1/2014/82
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:43
ސުންގަޑި: 08 ސެޕްޓެންބަރު 2014 11:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސޮފްޓްވެޔަރއެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

                  މިއޮތޯރިޓީން އެއްގަމާއި ކަނޑުގެ ސެކްޝަނުގައި ބޭނުންކުރުމަށް ސޮފްޓްވެޔަރއެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)202-A/1/2013/77) އިޢުލާނު ބާޠިލު ކުރުމަށްފަހު އެ މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.

                  ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

02 ޛުލްޤަޢިދާ 1435     

28 އޮގަސްޓް 2014