ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365 -MS/2022/19
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 07 މޭ 2022 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހުގައި މުލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރ ހުޅުވާގަޑިތަކާއިބެހޭ

އިޢުލާން

 

ރަމަޟާން މަހުގައި މުލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރ ހުޅުވާގަޑިތަކާއި ބެހޭ:

 

1443 ވަނަ އަހަރު ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މުލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ ފަރާތުން ކުނިނެގުމުށް ހަމަޖެހިފައިވަނީ ރަށް ދެބައަކަށް ބަހައިލައިގެންނެވެ.

މިގޮތުން ފުރަތަމަ ދުވަހު ކުނިނަގާނީ ޑޭޒީމަގުގެ ދެކުނުން ހުރި ގޭގެތަކުންނެވެ. އަދި ދެވަނަ ދުވަހު ކުނިނެގުމަށް ހަމަޖެހިފައިވަނީ ޑޭޒީމަގުގެ އުތުރުން ހުންނަ ގޭގެތަކުންނެވެ. ނަމަވެސް ކުނި ނަގަމުންދާ ވަގުތުގައި ބަދިގޭ ޑަސްބިންތައް ނެގުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

ބަދިގޭ ޑަސްބިންތައް އެޅުމަށް ރަށުގެ އިރުވައި ފަރާތާއި އަދި ރަށުގެ ހުޅަނގު ފަރާތުގައި ޑަސްބިންތައް ބެހެއްޓިފައި ހުންނާނެ ވާހަކަ ދެންނެވީމެވެ. ހުރިހާ ބޭފުޅުންވެސް ބަދިގޭ ޑަސްބިންތަކަށް ކުނި އަޅާއިރު ދަޅު، ކޮތަޅު، ފަދަ ތަކެތި ނޭޅުއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދެންނެވީމެވެ.

29 މާރިޗު 2022