މަސައްކަތް
ނަންބަރު: (IUL) 167-PR/167/2022/30
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 07 އޭޕްރިލް 2022 12:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އައްސޭރި ޖަލުގައި ހުރި އިމާރާތެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ އައްސޭރި ޖަލުގެ އިންޑަސްޓްރިއަލް ކްލާސްރޫމްގެ 2 ބުރި ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  ކޮށްފައިވާ ނަންބަރު: (IUL) 167-PR/167/2022/24    އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

07 އޭޕްރިލް 2022

ބުރާސްފަތި

12:00

އަންދާސީހިސާބު ހުށަހެޅުން

13 އޭޕްރިލް 2022

ބުދަ

11:30

29 މާރިޗު 2022