ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/55
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
އިޢުލާން
1443 ވަނަ އަހަރު ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލުން.
- ނަމަވެސް ހެނދުނު 9:00 އިން ފެށީގެން 16:30 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350kg އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި އުފުލުން.
- ހަވީރު 16:30 އިން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުޞޫލުން އުފުލުމަކީ މަނާކަމެކެވެ.
- ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުންނެވެ.
މިއެންގުމާއި ޚިލާފުވާ ފަރާތްތަކައް ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ރަމަޟާން މަހުގައި މިދެންނެވި ގޮތަށް ޢަމަލުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.
29 މާރިޗު 2022