ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TSS/1/2022/33
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:26
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ދޭ ގަޑިތައް

މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުން ބުރާސްފަތި ދުހަވަށް، ހެނދުނު 09:00  އިން މެންދުރު 12:00 އަށެވެ. ޚިދުމަތް ހޯދުމަށް ޓޯކަން ނަންބަރު މީރާ މޯބައިލް އެޕްލިކޭޝަން އާއި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނެގޭނެއެވެ. އަދި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުންވެސް ޓޯކަން ނަންބަރު ނެގޭނެއެވެ.

 

މި އޮތޯރިޓީއަށް ހުށަހަޅާ އެންމެހައި ޓެކްސްބަޔާންތައް ހުށަހެޅުމާއި ދައްކާ ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާތީ އަދި މި ޚިދުމަތްތަކަކީ ފަސޭހަކާމައެކު ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭނެ ޚިދުމަތްތަކެއްކަމުގައިވާތީ، އޮންލައިންކޮށް މި ޚިދުމަތްތައް ހޯދުމަށް އިލްތިމާސްކުރަމެވެ.

 

 

 

 

 

28 މާރިޗު 2022