ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 އޭޕްރިލް 2022 12:17 ގައި ބާތިލް ކުރެވިފައެވެ.
ސްޓާފްރޫމްގެ ޓީޗަރުންގެ ވޯކްސްޓޭޝަން ހެދުން
މި ސްކޫލުގެ ސްޓާފްރޫމަށް ބޭނުންވާ ޓީޗަރުންގެ ވޯކްސްޓޭޝަން ހަދައި އެތަކެތި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުން |
ތާރީޙް: 05 އެޕްރިލް 2022 (އަންގާރަ) |
ތާރީޙް: 12 އެޕްރިލް 2022 (އަންގާރަ) |
ގަޑި: 10:00 / ތަން: ހިތަދޫ ސްކޫލް (އޮފީސް) |
ގަޑި: 10:00 / ތަން: ހިތަދޫ ސްކޫލް (އޮފީސް) |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6888626 އާ ގުޅުއްވުން އެދެމެވެ.