ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2022/23
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 31 މާރިޗު 2022 10:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުން ހަމަޖެއްސުމާއި ގުޅޭ:

އިއުލާން

 

1443 ވަނައަހަރު ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ގެނެވޭ ޙާފިޡުގެ ކެއުމާއި ހުރުން ހަމަޖެއްސުމާއިގުޅޭ:

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު ޙިފުޡުކޮށް ތަރާވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނައުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ، ޙާފިޡުގެ ހުރުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބް (ކޮޓޭޝަން) ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ.

އަދި މިފަދަ ކަންކަން ހިލޭ ސާބަހަށް ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެފުރުޞަތު ދިނުމުގެ ގޮތުން އެފަދަ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކުގައި(ކޮޓޭޝަން) އަގު ނުޖައްސަވާ، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މިފަދަ އެންމެހާ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މާރިޗު 2022