ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2022/18
ޕަބްލިޝްކުރި ތާރީޚް: 29 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 06 އޭޕްރިލް 2022 12:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާނު

މަޤާމު:

ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-342176

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

MS2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  • މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިނަކީ އެޕްލައިޑް މެތެމެޓިކްސް، ޑިމޮގްރަފީ،އިކޮނޮމިކްސް އަދި ސްޓެޓިސްޓިކްސް. ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.
  • އަދި ޓެކްނިކަލް ކޯ ނުލިބޭނަމަ މިމަޤާމަށް ކަނޑައެޅިފައިވާ ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ފީލްޑް މަސައްކަތް އިންތިޒާމްކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން
  2. މަދުވެގެން 5 އަހަރުން އެއްއަހަރު ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޯޑިނޭޓްކޮށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން (ސުވާލުކަރުދާސްތައްޔާރުކޮށް، ޓްރޭނިންގ ދިނުން، އަދި ފީލްޑް މަސައްކަތް ކުރިއަށް ގެންދިޔުން، ރިޕޯޓު އެކުލަވާލުން(
  3.  މަދުވެގެން 3 އަހަރުން އެއްއަހަރު ލޭބަރ ފޯސް ސަރވޭ ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކޯޑިނޭޓްކޮށް ރާވާ ހިންގުމުގައި އެހީތެރިވެދިނުން (ސުވާލުކަރުދާސްތައްޔާރުކޮށް، ޓްރޭނިންގ ދިނުން، އަދި ފީލްޑް މަސައްކަތް ކުރިއަށް ގެންދިޔުން، ރިޕޯޓު އެކުލަވާލުން(
  4. އިގްތިސާދީ މަސައްކަތްތަކުގެ ސަރވޭގެ ފީލްޑް މަސައްކަތް އިންތިޒާމްކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދިނުން.
  5. ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމްގެ ތެރެއިން ނަގާ ބަލަހައްޓަންޖެހޭ ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވޭ ސާރވޭތަކުގެ މަސައްކަތް ކޯޑިނޭޓްކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން
  6. ރާއްޖޭގެ ތަރައްގީ ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާ ރަސްމީ ތަފާސްހިސާބު އެއްކުރުމަށް ގައުމީ ފެންވަރުގައި ބޭނުންވާ މުހިއްމު ސާރވޭތަކުގެ މަސައްކަތުގައި ހަރަކާތްތެރިވުން
  7. ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ކުރެވޭ ސަރވޭތަކަށް ހުއްދަ ދިނުން އަދި ރަޖިސްޓްރީ ބެލެހެއްޓުމުގައި އެހީތެރިވެދިނުން
  8. ބޯހިމެނުން އަދި ސަރވޭއެއް ނިންމުމަށްފަހު ކޯޑުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން (އައިސިކް، އިސްކޯ، އިސްކެޑްފަދަ)
  9. އެކި ފަރާތްތަކުން ކުރިއަށް ގެންދާ ސަރވޭތަކުގެ ސާމްޕްލިންގް މެތަޑޮލޮޖީއަށް ލަފާދީ އަދި އެންމެ ފުރިހަމައަށް ސާމްޕަލް ނެގުމުގައި އެހީތެރިވެ ދިނުން އަދި މިބިއުރޯއިން ކުރިއަށް ގެންދާ ހުރިހާ ސަރވޭއެއްގެ ސާމްޕްލިންގް މެތަޑްސް އެކުލަވާލާ އެކަމުގެ ޓެކްނިކަލް ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
  10. ސަރވޭ/ސެންސަސްތަކުން އެއްކުރެވޭ މައުލޫމާތުތަކުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކާ ޓެކްނިކަލް އެސިސްޓެންސް ސަރުކާރުގެ އޮފީސްތަކަށާއި އަމިއްލަ ފަރާތްތަކަށް ފޯރުކޮށްދިނުން.
  11. ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ރަސްމީ ތަފާސްހިސާބު އަދި ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުގެ ތެރެއިން ލިބެންނެތް މައުލޫމާތު ސަރވޭތަކުން ނެގޭނެގޮތްތައް ބަލާ ސަރވޭތަކުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން
  12. ތަފާސްހިސާބުގެ ނިޒާމުގެ ތެރެއިން ކުރުމަށް ކަނޑައަޅާ ސަރވޭތަކުގެ އަހަރީ ޕްލޭން (ސަރވޭ ކަލަންޑަރު) އެކުލަވާލުމުގެ މަސައްކަތް ކުރުން
  13. ބޯހިމެނުމާއި ބިއުރޯއިން ކުރިއަށްގެންދާ ބޯހިމެނުން އަދި ސަރވޭތަކުގެ ނަތީޖާއިން ލޭބަރ މާކެޓް ސްޓެޓިސްޓިކްސް އެކުލަވާލާ ދިރާސާކުރުމުގެ މަސައްކަތްކުރުން
  14. ލޭބަރ ފޯސް ސަރވޭގައި އެއްކުރާނެ މައުލޫމާތު ކަނޑައަޅައި ޓެބިއުލޭޝަން ޕްލޭން އެކުލަވާލާ، ޓްރޭނިންގ މެޓީރިއަލް ތައްޔާރުކޮށް، ތަމްރީން ދިނުން
  15. ބިޒްނަސް ރެޖިސްޓަރ އެކުލަވާލުމުގައި އެހީތެރިވެ ދިނުން. އަދި ކޮންމެ އަހަރަކު އެއްފަހަރު މިރެޖިސްޓަރސް ބޭނުންކޮށްގެން ބިޒްނަސް ސްޓެޓިސްޓިކްސް އެކުލަވާލާ އާންމު ކުރުމުގައި މަސައްކަތްކުރުން
  16. ގައުމީ ފެންވަރެއްގައި އެކުލަވާލުމަށް ބޭނުންވާ ލޭބަރ މާކެޓް ސްޓެޓިސްޓިކްސް ދެނެގަނެ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ލޭބަރ މާކެޓް ސްޓެޓިސްޓިކްސް އެކުލަވާލުމުގެ ނިޒާމެއް ގާއިމްކޮށް ގަވާއިދުން ލޭބަރ މާކެޓް ސްޓެޓިސްޓިކްސް އާންމުކުރުމުގެ މަސައްކަތްކުރުން
  17. ކޮންމެ އަހަރަކު އެއްފަހަރު ސްޓެޓިސްޓިކަލް ބިޒްނަސް ރެޖިސްޓަރއިން ބިޒްނަސް ސްޓެޓިސްޓިކްސް އެކުލަވާލާ އާންމު ކުރުމުގެ މަސައްކަތްކުރުން
  18. ވިޔަފާރިތައް ކުރިއެރުވުމަށް ތަފާސްހިސާބު ބޭނުންކުރެވޭނެ ގޮތްތަކާއި ލިބެންހުރި މައުލޫމާތާއި މެދު ވިޔަފާރިވެރިން އަހުލުވެރިކުރުވުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އިކޮނޮމިކްސް، ސްޓެޓިސްޓިކްސް، އެޕްލައިޑް މެތެމެޓިކްސް

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެޕްލައިޑް މެތެމެޓިކްސް، ޑިމޮގްރަފީ، އިކޮނޮމިކްސް، ސްޓެޓިސްޓިކްސް

މިމަޤާމުގެ ކޯ ޑިސިޕްލިން 

އެޕްލައިޑް މެތެމެޓިކްސް، ޑިމޮގްރަފީ، އިކޮނޮމިކްސް، ސްޓެޓިސްޓިކްސް

މިމަޤާމުގެ ޕްރިފަރޑް ޑިސިޕްލިން 

މިމަޤާމަށް ޕްރިފަރޑް ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިބިއުރޯގެ ވެބްސައިޓުން  www.statisticsmaldives.gov.mv  ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 އޭޕްރީލް 2022 ގެ 12:00 ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އީ-މެއިލް ([email protected]) އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 7-14 އޭޕްރީލް 2022 އާއި ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު އަދި އިމްތިހާނު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

29 މާރިޗު 2022