މަސައްކަތް
ނަންބަރު: 188-FM/IUL/2014/57
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:36
ސުންގަޑި:
08 ސެޕްޓެންބަރު 2014 12:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައި.އެސް.އޯ ސަރވިއެލަންސް އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
2013 ސެޕްޓެންބަރު 21 ގައި މި ކޮމިޝަން އައި.އެސް.އޯ 9001:2008 އަށް ސަރޓިފައި ކޮށްފައިވާތީ، އެ ސްޓޭންޑަރޑް ދެމެހެއްޓުމަށްޓަކައި ސަރވިއެލަންސް އޯޑިޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިކޮމިޝަންގެ އިދާރާ، ވެލާނާގޭގެ 12 ވަނަ ފަންގިފިލާގައި ހުންނަ މީޓިންރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން
2014 ސެޕްޓެންބަރު 8 ވާ ހޯމަ ދުވަހުގެ 12:00 އަށް
- އަންދާސީހިސާބު ހުށަހެޅުން
2014 ސެޕްޓެންބަރު 10 ވާ ބުދަ ދުވަހުގެ 12:00 އަށް
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް
- ފޯން: 3307355 / 3307314
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv
01 ސެޕްޓެންބަރު 2014