މަސައްކަތް
ނަންބަރު: (IUL)GZS/2022/37
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 31 މާރިޗު 2022 11:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލަށް ޑެސްކް ޖެހުމުގެ މަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު             

 

މިސްކޫލް ޑެސްކް ޖަހައިދޭނެ ފަރާތެއް ބޭނުންވެއްޖެ.

މިކަމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

*(ޖަހަންޖެހޭ ޑެސްކުގެ އަދަދު: 350)

*(ޑެސްކް މަތީގެ ފުޅާމިން: 24 އިންޗް/ ދިގުމިން: 16 އިންޗް)

*(ޑެސްކް ފައިގެ ދިގުމިން 28 އިންޗް)

*މިކްސްޑް ހާރޑްވުޑް ފިލާއިގެ ޑެސްކް

* މި އިއުލާންއާއި އެއްކޮށް ބޭނުންވާ ޑެސްކްގެ ފޮޓޯ އެއް ކަރުދާސްކޮށްފައިވާނެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 މާރޗް 31 ވާ ބުރާސްފަތި ދުވަހު 11:00 ގެ ކުރިން ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ [email protected]   އަށެވެ.

އިތުރުމައުލޫމާތު ހޯދުމަށް 7602085 ނަންބަރ އާއި ގުޅުއްވުން އެދެމެވެ.

28 މާރިޗު 2022