މަސައްކަތް
ނަންބަރު: ADMHR-MPL/2022/37
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 07 އޭޕްރިލް 2022 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އދ. މަހިބަދޫއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދުން

ޕޯސްޓަލް އެޖެންޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ބޭނުންވާ ރަށް

  އދ. މަހިބަދޫ  

އެޖެންޓްގެ މަސައްކަތް

  • ޕޯސްޓުގެ ޚިދުމަތް ދިނުން
  • ޑެލިވަރީގެ ޚިދުމަތް ދިނުން
  • އޭޖެންސީއަށް ލިބޭ މެއިލް ރައްކާތެރިކަމާއެކު މާލެއަށް ފޮނުވުން

އެޖެންޓް ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް

  • ޝައުޤްވެރިކަން ހުރި އަމިއްލަ ފަރާތްތައް ނުވަތަ؛
  • ވިޔަފާރި ކުރާ އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތައް ނުވަތަ؛
  • ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ، ކައުންސިލް ފަދަ  އިދާރާތައް

ހުށަހަޅަންޖެހޭ ލިޔެކިޔުން

  • އަމިއްލަ ފަރާތެއް ނަމަ: އައި.ޑީ ކާރޑް ކޮޕީ އާއި ވަނަވަރު
  • ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން
  • ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ އައިޑީ.ކާރޑް ކޮޕީ
  • ކްލަބް، ޖަމުޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާރޑް ކޮޕީ
  • ޚިދުމަތް ދިނުމަށް ކަނޑައަޅާ ތަނުގެ ތަފްސީލާ އަދި ފޮޓޯ

 

އުޖޫރަ

  • އުޖޫރައާ އެލަވަންސާ ބެހޭ މަޢުލޫމާތު ކުރިމަތިލާ ފަރާތްތަކާއެކު ހިއްޞާކުރެވޭނެއެވެ. 

ސުންގަޑި:

 

ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން7 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސިޓީ ނުވަތަ އީމެއިލުން  ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް/ހ.ޓޫ ސްޓާރ– 4 ވަނަ ފަންގިފިލާއަށް – ނުވަތަ [email protected] ނުވަތަ [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

 

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މޮބައިލް ނަންބަރ 7966732 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

28 މާރޗް 2022

 

 

 
28 މާރިޗު 2022