މަސައްކަތް
ނަންބަރު: IL-D/423/2014/53
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:34
ސުންގަޑި: 08 ސެޕްޓެންބަރު 2014 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ފަރެސްއަވަށު މަސްޖިދުއްނަޞްރުގެ އިސްކުރުބަރީގެ މުށިބަދަލުކުރުމާއި، ފެންހިންދާ ވަޅެއް ބެހެއްޓުމާއި، ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުމަށް ބޭނުންވާތީ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 08 ވަނަ ދުވަހުގެ 14:00 އަށް ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 14:00 އަށް ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ފަރެސްމާތޮޑާގެ ފަރެސްއަވަށު މަސްޖިދުއްނަޞްރު މަރާމާތު ކުރުމުގެ މަޝްރޫޢު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މައުލޫމާތު ފޯމާ ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

06 ޛުލްޤަޢިދާ 1435

01 ސެޕްޓެންބަރު 2014