ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)203-HRFS/203/2022/4
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:02
ސުންގަޑި: 05 އޭޕްރިލް 2022 14:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެންވަޔަރަންމަންޓް ރިސްޓޮރޭޝަން ޓްރަސްޓް ފަންޑް ކޮމިޓީއަށް މެމްބަރެއް ހޯދުން

އިޢުލާން

އެންވަޔަރަންމަންޓް ރިސްޓްރޭޝަން ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއަށް ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަރާތުން ތަމްސީލް ކުރައްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިކަމަށް ހުޅުވައިލެވިފައިވާ ވާހަކަދެންނެވީމެވެ.

 

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ

މާލެ، ދިވެހިރާއްޖެ

އެންވަޔަރަންމަންޓް ރިސްޓޮރޭޝަން ޓްރަސްޓް ފަންޑް ކޮމިޓީއަށް މެމްބަރެއް ހޯދުން

ތާރީޙު: 28މާރިޗު 2022

 

ނަންބަރު: (IUL)203-HRFS/203/2022/4

ބޭނުންވާ އަދަދު:

01 މެމްބަރު

                                  

ޝަރުތުތައް:

 

- ދިވެހި ރައްޔިތެއް ކަމުގައިވުން.

- ޤާނޫނީ ގޮތުން ހައްދު ކަނޑައެޅޭފަދަ ކުށެއްކުރިކަމަށް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމެއް ކުރެވިފައިވާ ފަރާތެއް ކަމުގައި ނުވުން.

- ތިމާވެށީގެ ދާއިރާގައި ޙާއްސަކޮށް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެ މަސައްކަތްތަކުގައި ދެމިހުރި ފަރާތެއް ކަމުގައިވުން.

- ތިމާވެށީގެ ދާއިރާއިން ނުވަތަ ވެށްޓާއިގުޅޭ މުހިއްމު ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

  • މަސައްކަތުގެ ޝައުގެވެރިކަން ހުރިކަމަށް އެދޭ ސިޓީ ނުވަތަ މެއިލް.
  • މުއްދަތު ހަމަނުވާ އައިޑީ ކާޑު ކޮޕީ.
  • އެދޭ ފަރާތުގެ ވަނަވަރު.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

 

ލިޔުންތައް ހުށަހެޅޭނެ ސުންގަޑި:

ސުންގަޑި: 05އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ14:00ގެ ކުރިން.

ލިޔުންތައް ހުށަހަޅުއްވަންޖެހޭ ތަން: އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގެ ހިއުމަން ރިސޯސް ޔުނިޓް.

ނޯޓް: ލިޔުންތައް ހުށަހެޅުމުގެ މާނައަކީ އިޢުލާންގައި ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު،  ސިޓީއުރައެއްގައި ބަންދުކުރައްވައި މި އޭޖެންސީއާ ހަވާލުކުރުން ނުވަތަ ([email protected]) އަށް އީމެއިލް ކުރެއްވުމެވެ. އަދި މިގޮތަށް އީމެއިލް ކުރައްވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން 3335949 އަށް ގުޅުއްވައި އީމެއިލް  ލިބިފައި އޮތްތޯ ޔަގީންކޮށްލެއްވުން މުހިއްމެވެ. ސިޓީއުރައިގެ ބޭރުގައި ނުވަތަ އީމެއިލްގެ ސަބްޖެކްޓްގައި އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން،  މަޤާމު ނުވަތަ މަސައްކަތުގެ ނަން، އަދި ގުޅޭނެ ނަންބަރު ލިޔުއްވަންވާނެއެވެ.

     

 

 

28 މާރިޗު 2022