ދިވެހިރާއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތައް ގދ. ފަރެސްމާތޮޑާ ބޮޑު އަޓިގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ) |
05 އޭޕްރީލް 2022 (އަންގާރަ) |
11:00 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ |
ބީލަން ހުށައެޅުން |
13 އޭޕްރީލް 2022 (ބުދަ) |
11:00 |
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.