ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)38-AD/38/2022/94
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 07 އޭޕްރިލް 2022 10:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
​​ކޮމިޝަނަށް ބޭނުންވާ އިލެކްޓްރޯނިކްސް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 
  (IUL)38-AD/38/2022/94:ނަންބަރު

އިޢުލާނު

ކޮމިޝަނަށް ބޭނުންވާ އިލެކްޓްރޯނިކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ކޮމިޝަނަށް ބޭނުންވާ އިލެކްޓްރޯނިކް އައިޓަމްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 2022 މާރިޗު 07 ވީ ހޯމަ ދުވަހު ކުރެވުނު ނަންބަރު (IUL)38-AD/38/2022/71 އިޢުލާނާ ގުޅިގެން ބައެއް އައިޓަމްތަކަށް ހުށަހަޅާފައިވާ ބީލަންތައް ކޮމިޝަނުގެ ރިކުއަރމަންޓަށް ނުފެތޭތީ، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ބީލަން ހުޅުވުން އޮންނާނީ 2022 އޭޕްރީލް 07 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 2022 އޭޕްރީލް 06 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

27 މާރިޗު 2022